ރޯދަ މަހުުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅައިފި

އޭދަފުށި ޓައިމްސްޚަބަރު
މިސްކިތުގައި މީހަކު ޤުރުއާން ކިޔަވަނީ: ރޯދަމަހަކީ އެންމެ ގިނަ ބަޔަކު މިސްކިތުގައި ވަގުތު ހޭދަކުރާ މަސް

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅައި، މިރޭ އިއުލާންކޮށްފި އެވެ.

މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމަށް ފަހު އިއްވި ބަޔާނުގައި ވަނީ މިރޭ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނިފައިނުވާ ކަމަށާއި އަދި އިސްލާމީ ގިނަ ގައުމުތަކަށްވެސް މިރޭ ހަނދު ނުފެންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އެހެންވެ، ހަނދު ސާބިތު ކުރުމުގައި ރާއްޖޭގައި އަމަލުކުރާ އުސޫލުގެ ދަށުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ކަނޑައެޅީ ކަމަށް އެ ބަޔާނުގައިވެ އެވެ

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީބުރާސްފަތި ދުވަސް ކަމަށް ކަނޑައެޅިއިިރު، ފަލަކީ ހިސާބުތަކުން ވެސް ދައްކަމުން އައި ގޮތުން މިރޭ ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި އިސްލާމީ އެހެން ގައުމުތަކަށް ފޮނުއްވައިފަ އެވެ. އަދި މި މަހުގެ ފައިދާ ވީ އެންމެ ރަނގަޅަކަށް ލިބިގަތުމަށް ވެސް އެ ބަޔާނުގައި ދިވެހި ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...