އޭދަފުށީގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީގައި މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން މިއަދުން ފެށިގެން ކުރިއަށް ދާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ރަށު ކައުންސިލުން ބުނީ، މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ މިއަދުން ފެށިގެން ރޯދަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9:15 އިން 12:30 އަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ.

މިއަހަރު ފައިސާއިން ފިތުރު ޒަކާތް ދައްކާނަމަ ދައްކަން ޖެހޭ އަދަދު:

އާދައިގެ ހަނޑޫ: 12ރ.

ތައިލެންޑް ހުދު ހަނޑޫ: 84ރ.

ރަތް ހަނޑޫ 99ރ.

ބާސްމަތީ ހަނޑޫ (އާދައިގެ): 84ރ.

ބާސްމަތީ ހަނޑޫ (މޮޅު): 100ރ.

ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125ރ.

އާދައިގެ ފުށް: 12ރ.

އާޓާ ފުށް: 75ރ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...