ޝެއިހް މުޖްތަބާގެ ދަރުސްތަކެއް އޭދަފުށީގައި

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް މުޖްތަބާ ޙަމީދުގެ ދަރުސް ޕްރޮގްރާމެއް މިއަދާއި މިރޭ އޭދަފުށީގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
“އޭދަފުށީ ބޮޑު ދަރުސް” ގެ ނަމުގައި މި ދަރުސްތައް މި އަހަރުވެސް އިންތިޒާމުކޮށްފައި ވަނީ އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބާއި ރަށޫ ކައުންސިލު ގުޅިގެންންނެވެ.
“ފަޚްރުވެރި ނުވާށެ!” މި މައުލޫއަށް ބާއްވާ ފުރަތަމަ ދަރުސް އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އޭދަފުށީ މަސްޖިދުލް މުއީނުއްދީން (ބޮޑު މިސްކިތް) މިސްކިތުގަ އެވެ. މުޅި ރަށަށް ހުޅުވާލައިގެން “ފާއިތުވުމުގެ ކުރިން” މި މައުލޫއަށް ބާއްވާ ދެވަނަ ދަރުސް އޮންނާނީ މިރޭ 9:30 ގައި އޭދަފުށީ ސްޓޭޖް ގައެވެ.

ވެލާ ސްޕޯޓްސް ކްލަބުން ބުނިގޮތުގައި މިއީ އޭދަފުށީ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ރަމަޟާންމަހާ ގުޅުވައިގެން ބާއްވާ ދަރުސްތަކެކެވެ. އެގޮތުން މިދިޔަ އަހަރު ވެސް އެ ޖަމިއްޔާއިން ދަރުސް ޕްރޮގްރާމެއް ކުރިއަށް ގެންދިޔަ އެވެ.
މި ދަރުސްތައް ކުރިއަށް ގެންދިއުމަށް ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލާއި ޖަމިއްޔަތުލް ސަލަފް އަދި ޔޫސުފް ފެރީ ސާވިސް އާއި އަފްރޯ ސާވިސް އިން ދެމުން ގެންދާ އެއްބާރުލުމަށް ވެލާ ސްޕޯޓްސް ކްލަބުން ޝުކުރުވެރިކަމާއެކު ފާހަގަކުރެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
