އޭދަފުށި ފުޓްސަލް ކަޕް އަންނަ ހުކުރު ދުވަހުގެ ރޭ ފަށަނީ

އޭދަފުށި ޓައިމްސްކުޅިވަރު

ކްލަބް އޭދަފުށިން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް އަންނަ ހުކުރު ދުވަހުގެ ރޭ ފަށާގޮތަށް ހަމަޖައްސައިފި އެވެ.

“އޭދަފުށި ފުޓްސަލް ކަޕް 2023” ގެ ނަމުގައި ބާއްވާ މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 21-27 ގެ ނިޔަލަށެވެ.

އޭދަފުށީ ކައުންސިލާ ގުޅިގެން ބާއްވާ މި މުބާރާތުގައި 12 ޓީމުން ބައިވެރިވެފައިވެ އެވެ. މި މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިން ވެސް ހިމެނެ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ހާސް ރުފިޔާ އަދި ރަނާއަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައިއެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ފިރިހެނުންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތަކީ ފިރިހެނުންގެ މެދުގައި ފުޓްސަލް ކުޅޭ މީހުން އިތުރުކޮށް، ފުޓްސަލްގެ ހުނަރު ކުރިއަރުވައި، ތަރައްގީކޮށް، އަދި ފުޓްސަލްގެ ފޯރި އާއި ޖޯޝް އިތުރުކޮށް ފުޓްސަލްގެ ހުނަރު ޓީމު ފެންވަރުގައި ދެއްކުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...