ޒަކާތުގެ ގޮތުގައި އޭދަފުށީގައި ބޮލަކަށް 2،243 ރުފިޔާ

އޭދަފުށި ޓައިމްސްޚަބަރު

ޒަކާތުގެ ގޮތުގައި އޭދަފުށިން ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިރަށުގައި ތިބި ފަގީރުންނަށް ޒަކާތުގެ ގޮތުގައި ޖެހެނީ، ބޮލަކަށް 2243 ރުފިޔާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީގައި ފަގީރުންގެ ގޮތުގައި މި އަހަރު 24 މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ. މިދިޔަ އަހަރު އެ އަދަދު އުޅެނީ 21 ގަ އެވެ.

ކައުންސިލުން ބުނީ މި ރަށުން މި ރޯދަ މަހު 2392 މީހުން ޒަކާތުގެ ގޮތުގައި 53،842 ރ. ދައްކާފައިވާ ކަމަށެވެ. މި ފައިސާ ފަގީރުންގެ މެދުގައި ބަހާލުމުން ކޮންމެ މީހަކަށް 2243ރ. ލިބެ އެވެ. ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ބޮލަކަށް ޖެހުނު ނިސްބަތް، މި އަހަރާ އަޅައިބަލާއިރު 469 ރުފިޔާ މަދެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި، ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބަހަން ހަމަޖައްސާފައިވަނީ މާދަމާ ރެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...