މި އަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި

އޭދަފުށި ޓައިމްސްޚަބަރު
މިދިޔަ ބޮޑު އީދު، އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ–

އޭދަފުށީގައި މި އަހަރުގެ ފިތުރު އީދު ނަމާދު ކުރުން އޮންނާނީ ބޮޑު ޖަމާއަތުގައި ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ ފުޓްބޯޅަ (ވެލި) ދަނޑުގަ އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި މި އަހަރުގެ ފިތުރު އީދު ނަމާދު ގިނަ ބަޔަކު އެއް ތަނަކަށް ޖަމާވެ، ފުޓްބޯޅަ ދަނޑުގައި ނަމާދުކުރާގޮތަށް ހަމަޖެއްސީ ކައުންސިލު އިސްވެ، ޖަމިއްޔާ ތަކާއި މުއައްސަސާތައް ގުޅިގެންނެވެ.

ކައުންސިލުން އަންނަނީ ބޮޑު ޖަމާއަތުގައި ނަމާދު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

ކައުންސިލުން ބުނީ ނަމާދަށް ދާ އަންހެނުންނާއި ފިރިހެނުންނަށް ދަނޑަށް ވަނުމަށް ހާއްސަ ގޭޓުތަކެއް ކަނޑައަޅާފައި ހުންނާނެ ކަމަށެވެ. އަދި ވަކިން ނަމާދުކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސާފައި ހުންނާނެ ކަމަށް ބުންޏެވެ.

ކައުންސިލުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ފުޓްބޯޅަ ދަނޑުގައި ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކުރިއެކޭ އެއްގޮތަށް ދެ މިސްކިތުގައި ވެސް އީދު ނަމާދު ކުރެވޭނެ ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަހަކީ މާދަމާ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...