އީދު މުބާރަކު، މާދަމާ އަކީ ފިތުރު އީދު

އޭދަފުށި ޓައިމްސްޚަބަރު
އޭދަފުށީގައި މިދިޔަ އަހަރުގެ ފިތުރު އީދަށްފަހު ބަޔަކު ސެލްފީއެއް ނަގަނީ– ފޮޓޯ/ރަޔާން ފޮޓޯސް

މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ނިންމައިފި އެވެ.

ހަނދާ ބެހޭ ގޮތުން އިއްވި ބަޔާނުގައި ބުނީ ފަލަކީ ހިސާބުން ރާއްޖެ އަށާއި އިސްލާމީ ގައުމުތަކަށް ހަނދު ފެނިފައިވާތީ މާދަމާ އަކީ ޝައްވާލު މަހުގެ 1 ކަމަށެވެ.

މާދަމާ އޭދަފުށީގައި އީދުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ފުޓްބޯޅަ ދަނޑުގަ އެވެ.

ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ފުޓްބޯޅަ ދަނޑުގައި ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކުރިއެކޭ އެއްގޮތަށް ދެ މިސްކިތުގައި ވެސް އީދު ނަމާދު ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...