މާރެސް އަތޮޅު ވޮލީބޯޅަ މުބާރާތަށް ފުރުސަތު ހުޅުވާލައިފި

އޭދަފުށި ޓައިމްސްކުޅިވަރު

ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް)ގެ ފަރާތުން އިންތިޒާމުކޮށްގެން މާޅޮހުގައި ބާއްވާ އަތޮޅުވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިދިޔަ އަހަރު މި މުބާރާތުގައި 6 ރަށަކުން 10 ޓީމު ވާދަކޮށްފައިވެ އެވެ.

އެއީ ފިރިހެންޑިވިޝަންގައި ގޮއިދޫ، މާޅޮސް، ކަމަދޫ، އޭދަފުށި، ކެންދޫ އަދި ފުޅަދޫ އެވެ. އަންހެން ޑިވިޝަންގައި މިދިޔަ އަހަރު ވާދަކޮށްފައިވަނީ މާޅޮސް، ގޮއިދޫ، ކަމަދޫ އަދި އޭދަފުއްޓެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މެއި މަހުގެ 15 އަށް ހުޅުވާލެވިފައިވާއިރު، މުބާރާތް ކުރިއަށްދާނީ ޖޫން އަދި ޖުލައި މަހުގެ ތެރޭގަ އެވެ.

އަންހެންޑިވިޝަންގެ ކުޅުން ޖޫން 10 ގައި ފަށާއިރު ފިރިހެން ޑިވިޝަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 14 ގައެވެ.

ކޮންމެޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20،000ރ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ދައުވަތު މިހާރުވަނީ އަތޮޅުގެ ހުރިހާ ކައުންސިލްތަކަށް ފޮނުވާފައިކަމަށް މާރެސް އިން ބުންޏެވެ. މިމުބާރާތުގައި ކޮންމެ ރަށަކުންވެސް ވާދަކުރެވޭނީ ކޮންމެ ޑިވިޝަންއަކުން ވެސް އެއްޓީމަކަށެވެ.

      މިއީ މާރެސްގެ ފަރާތުން މިއަހަރު މާޅޮހުގައި ބާއްވާ 3 ވަނަ ވޮލީމުބާރާތެވެ. މިއަހަރުގެ މާޗްމަހު އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބޭއްވި އިންވިޓޭޝަން ކަޕްގައި 4 ޓީމެއް ވާދަކޮށް ޗެމްޕިއަންކަން ހޯދީ ވައްކަރެވެ. އަދި 4 ޓީމް ވާދަކުރި ރަށުވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 8ބާ އިން ހޯދާފައިވަނީ ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން ޓީމުފުޅަފި  3-2 ސެޓުން ބަލިކުރުމަށްފަހުއެވެ. 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...