އީދު ފާހަގަ ކުރަން އޭދަފުށީގައި މާދަމާ ރޭ ހަވާ އަރުވަނީ

އޭދަފުށި ޓައިމްސްޚަބަރު

އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އޭދަފުށީގައި މާދަމާ ރޭ ހަވާ އަރުވަން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުން އާއްމުކޮށްފައިވާ ގޮތުން ހަވާއެރުވުން އޮންނާނީ މާދަމާ ރޭ 8:45 ގައި އިރުމަތީ ކޮޅު ހިއްކި ސަރަހައްދުގަ އެވެ. ހަވާ އެރުވުމުގެ މި އިވެންޓަކީ އޭދަފުށީ އޭދަފުށީ އީދު އުފާ ފާހަގަކުރުމުގެ ގޮތުން ބާއްވާ އިވެންޓެއް ކަމަށް ކައުންސިލުން ބުނެއެވެ.

ހަވާ އެރުވުމުގެ އިތުރުން މިއަހަރުގެ އީދު ފާޙަގަކުރުމުގެ ގޮތުން ރަށުގެ ބައެއް ކްލަބް ޖަމިއްޔާތަކުން ވެސް ކުޅިވަރު ހަރަކާތްތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

އެގޮތުން ކްލަބް ކޮމްބިނޭޝަން (ސީސީ) އިން އިންތިޒާމުކޮށްގެން އަންހެނުންގެ ހޭންޑްބޯލް މުބާރާތަކާއި މަސްރޭހެއްގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި ކުޑަކުދިންނަށް ހާއްސަކޮށް ކަލަރ ފެސްޓިވަލެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ވެލާ ސްޕޯޓްސް ކްލަބުން “ވެލާ އީދު ފޯރި” ނަމުގައި ވެސް ކުޅިވެރުތަކެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ފެށުމުގެ ގޮތުން ބާއްވާ އީދު ބަޑީ މިރޭ 21:15 ގައި އޮންނާނެ އެވެ. އަދި ވާދެމުމުގެ މުބާރާތަކާއި ތިންމުގޯލި މުބާރާތެއްގެ އިތުރުން ޓްރެޝަރ ހަންޓް އަދި އީދު މާލި ވެސް އެ ކްލަބުން ބާއްވާ އީދު ކުޅިވަރު ތަކުގެ ތެރޭގައި ހިމެނެއެވެ.

އީދު ކުޅިވަރުތައް އަންނަ ހޮނިހިރު ދުވަހާ ހަމައަށް އޮންނާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...