ފޭލިން، ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފި

އޭދަފުށި ޓައިމްސްޚަބަރު
ފޭލިން އޭދަފުށީގައި އީދު ހަދިޔާ ބެހުމުގެ ތެރެއިން.

މިއަދު ފާހަގަކުރާ އަޝްހާ އީދު ފާހަގަކުރުމުގެ ގޮތުން އޭދަފުށީ ފޭލި ޖަމިއްޔާއިން ކުދިންނަށް އީދު ހަދިޔާ ބަހައިފި އެވެ.

ފޭލި ޖަމިއްޔާއިން ބުނީ އީދު ފާހަގަ ކުރުމަށް ރަށުގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންނަށް މިއަދު ހަވީރު އީދު ހަދިޔާ ބަހާފައިވާ ކަމަށެވެ. އަދި މިއީ އެހީ ޖަމިއްޔާ އާއި ގުޅިގެން ހިންގި ހަރަކާތެއް ކަމަށްވެސް ފޭލިން ބުންޏެވެ.

ފޭލިން އޭދަފުށީގައި އީދު ހަދިޔާ ބެހުމުގެ ތެރެއިން.

“މިއަހަރު ވެސް އަޟްހާ އީދުގެ މި އުފާވެރި މުނާސަބަތުގައި ކުޑަކުދިނަން ބޭނުންތެރި ހަދިޔާ ދިނުމަކީ މި ޖަމިއްޔާއަށް ވެސް ލިބިގެން ދިޔަ އުފަލެއް،” ފޭލިން ބުނެ އެވެ.

އީދު ހަދިޔާ ބެހުމުގެ އިތުރުން، ފޭލިން ވަނީ މިއަހަރުވެސް އޭދަފުށީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދީފަ އެވެ. ފޭލިން ބުނީ ބޮޑު ޖަމާއަތުގައި މިއަދު ކުރި އީދު ނަމާދަށް ދެހާހަށް ވުރެ ގިނަ މީހުން ޖަމާވި ކަމަށެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން

ކޮމެންޓްސް (0)

ލޯޑް ކުރަނީ...