އޭދަފުށީގައި ހުރި ގުދަނަކުން ގިނަ އަދަދަކަށް ބަނގުރާ ހޯދައިފި

ބ. އޭދަފުށީ ގުދަނެއްގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނިގޮތުގައި މިތަކެތި ހޯދާފައިވަނީ އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނީ އެ ގުދަން ބަލައި ފާސްކުރިއިރު ފަސް ފުޅި ބަނގުރާ އަދި 43 ދަޅު ބިޔަރު ފެނިފައިވެއެވެ މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
