އޭދަފުށީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް ޖުމާން

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަކަށް، އޭދަފުށީ ހިޔާވަހި އަހްމަދު ޖުމާން ހަމަޖައްސައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ އޭދަފުށީ ކައުންސިލްގެ ލަފައާއެކު، އެ އިދާރާގެ އިދާރީ އެންމެ އިސްވެރިއަކަށް ޖުމާން ހަމަޖެއްސުމުން އޭނާ ވަނީ މިއަދުން ފެށިގެން ވަޒީފާ އަށް ނުކުންނަވަން ފައްޓަވައިފަ އެވެ. ޖުމާން މިހާތަނަށް ހުންނެވީ އޭދަފުށީ ޕީޖީ އޮފީހުގެ ކޭސް އޮފިސަރަކަށެވެ.

ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށެވެ.

ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ލަފައާއެކު ސީއެސްސީންނެވެ. އެސްޖީގެ މަގާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއުކުރުމަށް ފަހު 60 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންގެ ތެރެއިން، މެރިޓް އުސޫލުން އެންމެ ގާބިލު މީހެއް ކަނޑައަޅައި، އެ މީހަކާ ގުޅޭގޮތުން ކައުންސިލްގެ ލަފާ ހޯދަ އެވެ. މަގާމަށް އައްޔަންކުރަނީ އޭގެ ފަހުންނެވެ.

ރަށު ކައުންސިލްގެ އެސްޖީންނަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،880ރ. ލިބޭނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...