އޭދަފުށީ އިންޖީނުގޭގެ މެނޭޖަރަކަށް ތޮލާލު

ޚަބަރު

ފެނަކަ ކޯޕަރޭޝަންގެ ބ. އޭދަފުށީ ބްރާންޗަށް ސްޓޭޝަން މެނޭޖަރަކު ހަމަޖައްސައިފި އެވެ.

މި މަގާމަށް ހަމަޖައްސާފައިވަނީ އޭދަފުށީ މާފަރު، ތޮލާލު އަބްދުއްރަހްމާނެވެ.

އޭދަފުށީ އިންޖީނުގޭގެ އާ މެނޭޖަރަކަށް ތޮލާލު ހަމަޖެއްސުމާ ގުޅިގެން އޭނާ މިއަދު ވަނީ އެ ސްޓޭޝަނާ ގުޅިވަޑައިގެންފަ އެވެ.  

ތޮލާލު އަކީ ކުރިން އޭދަފުށީ ކައުންސިލުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޕީޕީއެމް/ޕީއެންސީ އޭދަފުށީ ދާއިރާގެ ސްޓިއަރިން ކޮމެޓީގެ ރައީސްވެސް މެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...