ކުޑަރިކިލު ސްކޫލު ޕީޓީއޭގެ “ބޮޑުކޭން” ހުކުރު ދުވަހުގެ ރޭ

ޚަބަރު

ބ. ކުޑަރިކިލު ސްކޫލުގެ އަހަރީ ޑިނަ ނައިޓް އަންނަ ހުކުރު ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

“ބޮޑުކޭން”ގެ ނަމުގައި ބާއްވާ މި ޑިނާ ނައިޓަކީ އެ ސްކޫލުގެ ޕީޓީއޭގެ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އެ ޖަމިއްޔާއިން އިސްނަގައިގެން ބާއްވާ ބޮޑު ހަރަކާތެކެވެ.

ކުޑަރިކިލު ސްކޫލުން އާންމު ކުރަމުން އަންނަ ފޮޓޯތަކަށް ބަލާއިރު ޑިނާ ނައިޓްގެ ތައްޔާރީތަކުގައި އެރަށު ރައްޔިތު އެންމެން ކަހަލަ ގޮތަކަށް އަވެދިނެތި، މަސައްކަތް ކުރަމުން ދަނީ ބޮޑުކޭމަށް ބޭނުންވާ ދިވެހި އުފެއްދުންތައް ތައްޔާރު ކުރުމަށެވެ. މި މަސައްކަތުގައި، އެ މީހަކަށް ވެވުނު އެހީތެރިކަމެއް ދަނީ ފޯރުކޮށް ދެމުންނެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ މި ޑިނާ ނައިޓަށް އާންމުކޮށް -/150 ރުފިޔާ އަށް ވިއްކާ ޓިކެޓްގެ އިތުރުން، އިތުރު ތިން ކެޓަގަރީއަކުން އަންނަނީ ޓިކެޓް ވިއްކަމުންނެވެ.

އެއީ 1500ރ އަށް ގޯލްޑް ޓިކެޓް އަދި 5000 ރުފިޔާއަށް ރޯސް ގޯލްޑް ޓިކެޓެވެ.  

ކުޑަރިކިލު ސްކޫލުން ބުނިގޮތުގައި ހާއްސަ ކެޓަގަރީތަކުން ޓިކެޓް ގަންނަ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހާއްސަ ޓްރޮފީއެއް ދޭން ވަނީ ނިންމާފަ އެވެ.

ޑިނާ ނައިޓްގައި ބައިވެރިވުމުގެ ދައުވަތު މި އަތޮޅުގެ ހުރިހާ ރިސޯޓް ތަކަށާއި މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކަށާއި ސްކޫލްތަކަށް ވަނީ ފޮނުވާފަ އެވެ.

“ބޮޑުކޭން” ގެ ތައްޔާރީތަކަށް އެ ސްކޫލުގެ ބެލެނިވެރިންނާއި އާއްމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ކުޑަރިކިލު ސްކޫލުން ޝުކުރުއަދާ ކުރެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...