އޭދަފުށި ދާއިރާއަށް މިފަހަރު ފަސް ކެންޑިޑޭޓުން

ޚަބަރު
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާޞުގައި އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އޭދަފުށި ދާއިރާއަށް މިފަހަރު ކުރިމަތިލީ  ފަސް ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރެވިފައިވާ ގޮތާއި އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ އާއްމުކުރަން ފަށައިފަ އެވެ.

އޭދަފުށީ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުން (ކެންޑިޑޭޓް ނަންބަރު ތަރުތީބުން)

  1. އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ހ. ފަށަން (ކޮންގްރެސް ޕާޓީ)
  2. ޢަބްދުﷲ ވިސާމު، މެޓްރޯވިލާ،. ބ. އޭދަފުށި (އަމިއްލަ ގޮތުން)
  3. ޢަބްދުލްޙަމީދު މުޙައްމަދު (ހަމީދު) ދަފްތަރު. ނަންބަރު ރސ 14027/ ކ. މާލެ (އެމްޑީޕީ)
  4. މުޙައްމަދު ނާޞިރު، ގ. އަޒާން / މާލެ (ޖުމްހޫރީ ޕާޓީ)
  5. ޔާސިރު ހުސައިން، ފަހިވައި، ބ. އޭދަފުށި (އަމިއްލަ ގޮތުން)

މަޖިލިސް އިންތިހާބު ބާއްވަން މިހާރު ނިންމާފައި އޮތީ އަންނަ މަހު 17 ގަ އެވެ. ނަމަވެސް، ކުރިއަށް އޮތް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން މަޖިލިސް އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ހަފުތާގައި ފާސްކޮށްފަ އެވެ. އެ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ތަސްދީގެއްނުކުރައްވަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...