އޭދަފުށި ފުޓްސަލް ކަޕްގައި ބައިވެރިވާން ހުޅުވާލައިފި

އޭދަފުށި ޓައިމްސްކުޅިވަރު

ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް ކަމަށްވާ އޭދަފުށި ފުޓްސަލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އޭދަފުއްޓަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މާރޗު މަހުގެ 5 ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ.

ކައުންސިލުން ބުނިގޮތުގައި މި މުބާރާތް އޮންނާނީ އަންނަ ފިތުރު އީދާ ދިމާކޮށް އޭޕްރިލް މަހުގެ ކުރީކޮޅު އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ފިރިހެނުންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތަކީ ފިރިހެނުންގެ މެދުގައި ފުޓްސަލް ކުޅޭ މީހުން އިތުރުކޮށް، ފުޓްސަލްގެ ހުނަރު ކުރިއަރުވައި، ތަރައްގީކޮށް، އަދި ފުޓްސަލްގެ ފޯރި އާއި ޖޯޝް އިތުރުކޮށް ފުޓްސަލްގެ ހުނަރު ޓީމު ފެންވަރުގައި ދެއްކުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. އަދި ދެ ވަނަ ޓީމަށް 15،000ރ. ވަނީ ހުށަހަޅައިފަ އެވެ.

މިއީ އޭދަފުށީ ކައުންސިލުން މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ އަފްރޯ ސްޕޯޓްސް ކްލަބުންނެވެ

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 7740374/9999038އަށް ގުޅުމަށް ނުވަތަ އޭދަފުށީ ކައުންސިލުގެ ކްލަބުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލިބޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...