ރާއްޖެއަށް އީކޯ ޓޫރިޒަމް ތައާރަފްކުރުމުގެ މަޝްރޫއު މިރޭ އިފްތިތާހު ކުރަނީ

އޭދަފުށި ޓައިމްސްޚަބަރު

ރާއްޖޭގެ ޓޫރިޒަމް ސިންދަފާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ތިމާވެއްޓާ ރައްޓެހި، އީކޯ ޓޫރިޒަމްގެ މަޝްރޫއުއެއް އެކުލަވާލައި މިރޭ އިފްތިތާހު ކުރަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ސަރުކާރުގެ ހަފްތާ 14ގެ މަގުޗާޓުގައި މި މަޝްރޫއު މިރޭ އިފްތިތާހްކުރުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކައި މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫއު އެކުލަވާލުމުގެ ބޭނުމަކީ ފަތުރުވެރިކަމުގެ ސިނާއަތަކީ ތިމާވެއްޓާ ރަށްޓެހި ދެމެހެއްޓެނިވި ސިނާއަތަކަށް ހަދައި ފަތުރުވެރިކަން ސިންދަފާތުކުރުން ކަމަށެވެ.

މި މޝްރޫއަކީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ފަންނީ އެހީތެރިކަމާއި، ޔޫއެސްއެއިޑްގެ އެހީތެރިކަން ލިބިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި ހުރި ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތައް ލިބިފައިވާ ތަންތަން ލިސްޓުކޮށް އެތަންތަނަށް އަމާޒުކޮށް އީކޯ-ޓޫރިޒަމްގެ މަޝްރޫޢެއް ހިންގޭނެކަމަށެވެ. އަދި ދެމެހެއްޓެނިވި ސިޔާސަތުތަކަށް ސަމާލުކަންދީ ތިމާވެއްޓަށް އިސްކަންދޭ މިންގަނޑަކުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން މިންކުރުމަކީ މި މަޝްރޫއުގެ ދަށުން ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތެވެ. މީގެތެރޭގައި ނާޒުކު އިކޮލޮޖިކަލް ސަރަހައްދުތައް ހިމާޔަތްކުރުމާއި، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ތިމާވެށި ހިމާޔަތްކުރުމަށް އިސްކަންދޭ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުން ހިމެނެއެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ ފަތިރުވެރިކަން އައު ހަރުފަތަކަށް ގެންގޮސް އީކޯ ޓޫރިޒްމް ކުރިއެރުވުމަށްޓަކައި ހާއްސް ޒޯންތަކެއް ކަނޑައަޅާ ވަކި ސިޔާސަތުތަކެއް އެކަށެއެޅިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި އީކޯ ޓޫރިޒަމް ހިމެނުމުން ބައިނަލްއަގްވާމީ ޓްރެންޑެއްކަމަށްވާ “އީކޯ ކޮންޝަސް ޓްރެވަލް” ގެ ދާއިރާގައި ރާއްޖެއަކީ ލީޑިން ޑެސްޓިނޭޝަނަކަށް ވެގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...