އޭދަފުށީގައި ފައިގަތަޅާ މުބާރާތެއް ބާއްވަނީ

އޭދަފުށި ޓައިމްސްކުޅިވަރު
ފައިގަތަޅާ މެޗެއްގެ ތެރެއިން– ފޮޓޯ/ޔުނިކް ސްޕޯޓްސް

ބ. އަތޮޅު ޕޮލިސް ރިކްރިއޭޝަން ކްލަބުން ފުރަތަމަ ފަހަރަށް އޭދަފުށިގައި ފައިގަތަޅާ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

“އިންޓަ އޮފިސް ފައިގަތަޅާ ފޯރި” ނަމުގައި ސަރުކާރު އަދި އަމިއްލަ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބުދަ ދުވަހު ފަށާ މި މުބާރާތުގައި އަންހެން 7 ޓީމާއި ފިރިހެން 8 ޓީމު ވަނީ ބައިވެރިވެފަ އެވެ.

އޭދަފުށީ ޕޮލިސް ރިކްރިއޭޝަން ކްލަބުން ބުނި ގޮތުގައި މުބާރާތުގެ މަގްސަދަކީ ކުރީގައި ފޯރީގައި ކުޅުނު ސާގާފީ ކުޅިވަރުތައް ދިރުވައި އާލާކޮށް، އުފާވެރި މަޖާ ކުޅިވަރެއްގެ ފޯރި އަލުން މުޖުތަމައަށް ގެނަސް ޑިސިޕްލިން މާހައުލެއް ގާއިމުކުރުމެވެ.

މި މަހުގެ 21-25 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ އޭދަފުށީ ދެނުކު ފަރާތު ބައިބަލާ ފަސްގަނޑުގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...