ޒޯން ބުރުގައި އޭދަފުށި މިރޭ ނުކުންނާނީ ކުރެންދޫއާ ދެކޮޅަށް

އޭދަފުށި ޓައިމްސްކުޅިވަރު


ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ބުރުގައި އޭދަފުށި މިރޭ ޅ. ކުރެންދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.

އޭދަފުށި ވާދަކުރާނީ ޒޯން ތިނެއްގަ އެވެ. ޒޯންގައި ދެން ހިމެނެނީ ޅ އަދި ކ. އަތޮޅުގެ ޓީމުތަކެވެ. އޭދަފުއްޓާއި ކުރެންދޫގެ އިތުރުން ހިމެނެނީ ގާފަރާއި ކާށިދޫ އެވެ.

ޒޯން ބުރުގެ ފުރަތަމަ މެޗުގައި އޭދަފުށި ވަނީ 0-3 އިން ކާށިދޫ ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުގައި ގާފަރުން ވަނީ 0-8 ގެ ބޮޑު ތަފާތަކުން ކުރެންދޫ ބަލިކޮށްފަ އެވެ.

މިރޭ ގާފަރު ނުކުންނާނީ ކާށިދޫއާ ދެކޮޅަށެވެ. މިރޭ އޭދަފުއްޓާއި ގާފަރު މޮޅުވެއްޖެ ނަމަ ޒޯން ފައިނަލަށް އެ ދެޓީމަށް ފުރުސަތު ލިބޭނެ އެވެ.

ޒޯން ބުރުގެ ފަހު މެޗުގައި އޭދަފުއްޓާއި ގާފަރު ވާދަކުރާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ. ޒޯން ފައިނަލް އޮންނާނީ ހުކުރު ދުވަހުގެ ރެ އެވެ.

މުބާރާތުގެ އަތޮޅު ބުރުގެ ޗެމްޕިއަންކަން އޭދަފުށީ ހޯދީ ތުޅާދޫ 2-5 އިން ބަލިކޮށްގެންނެވެ.

އޭދަފުއްޓާއި ކުރެންދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 10 ޖަހާއިރު ރެހެންދި ޓާފް ފުޓްސަލް ދަނޑުގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...