ކްލާސްރޫމުތައް އޭސީ ކުރަން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކެއް ފަށަނީ

އޭދަފުށި ޓައިމްސްޚަބަރު

ސްކޫލުތަކުގެ ކްލާސްރޫމްތައް އޭސީކުރަން މަގުފަހިވާގޮތަށް އަންނަ އަހަރުން ފެށިގެން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކެއް ސްކޫލުތަކުގައި ފެށުމަށް ގަސްދުކުރައްވާކަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ދ. މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސްކޫލުތަކުގެ ކްލާސްރޫމުތައް އޭސީ ކުރުމަކީ ކިޔަވާކުދިންނާ ޓީޗަރުންނާ އަދި ސްކޫލުތަކުންވެސް ވަރަށް ބޮޑަށް އެދެމުން އަންނަ ކަމެއްކަމަށެވެ.

ނަމަވެސް އިއާދަކުރަނުވި ހަކަތައިގެ މަޝްރޫއު ސްކޫލްތަކުގައި ހިންގުމާ ގުޅޭ ތަފްސީލެއް އެ ޖަލްސާގައި ރައީސް ނުދެއްވަ އެވެ.

ބައެއް ރަށްރަށުގެ ސްކޫލްތަކުގެ ކުލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ހެހޮއެދޭ ފަރާތްތަކުންނާއި  ކައުންސިލްތަކުން އަންނަނީ ކުރަމުންނެވެ. ނަމަވެސް މިހާރު އޮންނަ ގޮތުން ކުލާސްރޫމްތައް އޭސީ ކުރާނަމަ އެޑިޔުކޭޝަން މިނިސްޓްރީން ހުއްދަ ހޯދަން ޖެހެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...