ބީއެމްއެލްގެ އެހީގެ ދަށުން ގުރައިދޫ މަރުކަޒުގައި ހިންގި ޕްރޮޖެކްޓް ނިންމާލައިފި

އޭދަފުށި ޓައިމްސްޚަބަރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގެ ދަށުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހިންގި ޕްރޮޖެކްޓް ނިންމާލައިފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކުގެ ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިޔަށްގެންދިޔަ މި ޕްރޮޖެކްޓްގެ ދަށުން ވަނީ އެ މަރުކަޒުގައި އިންޑަސްޓްރިއަލް ބަދިގެއެއް ގާއިމްކޮށް އެތަނަށް ބޭނުންވާ އާލާތްތަކެއް ހަދިޔާކޮށް އަދި ކާބޯތަކެތި ރައްކާކުރުމަށް ޖާގައެއް ގާއިމްކޮށްފައެވެ.

މީގެ އިތުރުން އެ މަރުކަޒުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ބޭނުންކުރުމަށް ލޮކަރުތަކާއި ފާހަނާ އާއި ސައިބޯ ކޮޓަރި ވަނީ ގާއިމްކޮށްފައެވެ. އަދި އެތަނުގެ މުވައްޒަފުންނާއި ބަލިމީހުންނަށް ބޭނުންކުރުމަށް ބޭންކުން ވަނީ ލައިބްރަރީ ކޯނަރއެއްވެސް ގާއިމްކޮށްފައެވެ.

މި ޕްރޮޖެކްޓްގެ އެހީގައި އެ މަރުކަޒުގެ ވޯޑުތަކަށް އެނދު، ގޮދަޑި، ސޯފާ، ގޮނޑި ފަދަ މުހިންމު ފަރުނީޗަރުވެސް ވަނީ ހަދިޔާކޮށްފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...