އޭދަފުށީ ގޭބިސީތަކަށް ކާޑު ބަހަން މިއަދު ހަވީރު ފަށަނީ

އޭދަފުށި ޓައިމްސްޚަބަރު
އެސްޓީއޯއިން މީގެ ކުރިން ގެނެސްފައިވާ ކާޑުގެ ސްޓޮކެއް–ފޮޓޯ: އެސްޓީއޯ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، މި ރޯދަމަހު ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް އޭދަފުށީގައި މިއަދު ބަހަން ފަށާނެކަމަށް، ރަށު ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ސަރުކާރުން ދޫކުރާ ކާޑުގެ ބާވަތްތައް މިރަށު ގޭ ބިސީތަކަށް ދޫކުރުން މިއަދު ހަވީރު 4:30 – 5:30 އަދި މިރޭ 9:30 – 11:00 އަށް ފެރީ ޓާމިނަލް ސަރަހައްދުގައި ކުރިއަށްދާނެ އެވެ.

މި ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އަންނަ އަހަރު އެ އަދަދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...