މި ރޯދަ މަހުގެ އިހްޔާ ފޯރަމެއް މާދަމާ ރޭ އޭދަފުށީގައި

އޭދަފުށި ޓައިމްސްޚަބަރު


ރޯދަމަހުގެ ރޭތައް އިހްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދަމުންގެންދާ އިހްޔާ ފޯރަމެއް މާދަމާ ރޭ އޭދަފުށީގައި ބޭއްވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރު އަތޮޅު ތެރޭގައި ބާއްވާ ދެވަނަ އިހްޔާ ފޯރަމް އޮންނާނީ މާދަމާ ރޭ 9:30 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ.

މާދަމާ ރޭ އޭދަފުށީގައި އޮންނަ އިހްޔާ ފޯރަމްގެ މައުޟޫއަކަށް ކަނޑައަޅާފައިވަނީ ދުލުގެ އާފާތްތަކުން ސަލާމަތްވެފައިވާ މުޖްތަމައެއް ބިނާކުރުމުގެ މައްޗަށެވެ.

މި ފޯރަމަށް ވަޑައިގަތުމުގެ ދައުވަތު އޭދަފުށި ކައުންސިލުން ވަނީ އާއްމު ކޮށް ހުޅުވާލާފައެވެ.

އިހްޔާ ފޯރަމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގައި ވެސް ބާއްވަމުން އަންނަ ފޯރަމެކެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މާލެއާއި އަތޮޅުތަކުގައި މިފޯރަމްތައް ބާއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ފޯރަމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމުދިނުމަށްވެސް އެވުޒާރާއިން ވަނީ ނިންމާފައި އެވެ.

މިއަހަރުގެ ރަމަޟާން މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހްޔާ ފޯރަމްތައް ކުރިޔަށް ގެންދިޔުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...