އޭދަފުށީ ފުޓްސަލް ކަޕްގެ މެއިން ސްޕޮންސަރަކަށް އުރީދޫ

އޭދަފުށި ޓައިމްސްޚަބަރު
މިދިޔަ އަހަރުގެ ފުޓްސަލް ކަޕްގެ ތެރެއިން– ފޮޓޯތައް-ސިޑިބަރި

ބ. އޭދަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އޭދަފުށި ފުޓްސަލް ކަޕް” ގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

އަންނަ ފިތުރު އީދު ބަންދާ ދިމާކޮށް ބާއްވާ މި މުބާރާތް ކުރިއަށްދާނީ އޭޕްރީލް 08 އިން އޭޕްރީލް 17 އަށެވެ.

މި މުބާރާތުގައި 17 ޓީމު ބައިވެރިވެފައިވާއިރު، މިއަހަރުގެ މުބާރާތުގައި ވެސް މަޝްހޫރު ފުޓްސަލް ކުޅުންތެރިން ފެނިގެންދާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުންޏެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 15000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރު އޭދަފުށި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެފްރޯ ސްޕޯޓްސް ކްލަބެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އޯލް ވުލްވްސް 0-4 އިން ބަލިކޮށްގެންނެވެ.

މިއީ އޭދަފުށީ ކައުންސިލުން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...