ބީއެމްއެލްގެ ޒަކާތް ޕޯޓަލް މެދުވެރިކޮށް މިއަހަރުވެސް ޒަކާތް ދެއްކޭނެ

އޭދަފުށި ޓައިމްސްވިޔަފާރި
ބީއެމްއެލްގެ އިންޓަނެޓް ބޭންކިން ހިދުމަތް ހޯދަނީ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޒަކާތް ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އެ ބޭންކުން މި އަހަރު ވެސް ފަހިކޮށްދީފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި އަހަރު ވެސް  އެ ބޭންކްގެ ޒަކާތް ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ކޮންމެތަނަކު ހުރެގެންވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ.

އެ ގޮތުން ޒަކާތް ދައްކަވަން ބޭނުންވާ ކަސްޓަމަރުންނަށް https://zakaaiy.bankofmaldives.com.mvލިންކު މެދުވެރިކޮށް ބީއެމްއެލް ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުން ކުރައްވައިގެން ފައިސާ ދެއްކޭނެ އެވެ.

ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް ބީއެމްއެލް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...