އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަނީ

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީގައި 1000 ހައުންސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ކެންޑިޑޭޓް، އަހުމަދު ސަލީމްގެ ކެމްޕެއިން ވެބްސައިޓް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ސަރުކާރުން ރާވާފައި ހުރި ކަމަށެވެ.

އޭގެ ތެރެއިން ވެސް އޭދަފުށީ ދާއިރާއަށް އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ. އޭދަފުއްޓަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށް 1000 ހައުންސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ

އެކަން ކުރިއަށް ދަނީ އެ ދާއިރާގެ މިހާރުގެ މެމްބަރު ސަލީމްގެ ބުރަ މަސައްކަތުން ކަމަށާއި އެކަމަށް އެއްބާރުލުން ދެއްވުމަށް ޓަކައި އެ ދާއިރާގެ ރައްޔިތުންގެ އަރިހުން ސަލީމަށް ވޯޓު ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...