އޭދަފުށީގައި އީދު ނަމާދު މިފަހަރުވެސް ބޮޑު ޖަމާއަތުގައި

އޭދަފުށި ޓައިމްސްޚަބަރު

އޭދަފުށީގައި މި އަހަރުގެ ފިޠުރު އީދު ނަމާދުވެސް ކުރާނީ ބޮޑު ޖަމާއަތުގައި ކަމަށް ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި އޭދަފުށީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ ފުޓްބޯޅަ (ވެލި) ދަނޑުގަ އެވެ. ނަމަވެސް ކައުންސިލުން ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ ގޮތަށް ހަމަޖެއްސިޔަސް މޫސުން ގޯސްވެއްޖެ ނަމަ އީދު ނަމާދުކުރުން އޮންނާނީ މިސްކިތުގައި ކަމަށެވެ.

އީދު ނަމާދު ފަށާނީ ހެނދުނު 7:00 ގަ އެވެ.

އިސްލާމިކް މިނިސްޓްރީން އީދު ނަމާދު ފަށާ ވަގުތު ހެނދުނު 7:00 އަށް ހަމަޖެއްސީ ރާއްޖޭގައި މީގެ ކުރިން އީދު ނަމާދު ކުރަމުންދިޔަ ވަގުތަކީ އިރުއަރައި، އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީ ކަމަށެވެ. އަދި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާއިރު، ނަމާދަށް ދާ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ހޫނުގަދަވުމުގެ ސަބަބުން އުނދަގޫވާނެތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަސް ދިމާވަނީ އަންނަ ބުދަ ދުވަހަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...