މާދަމާ އަކީ ފަހު ރޯދަ، އީދު ވާނީ ބުދަ ދުވަހަށް

އޭދަފުށި ޓައިމްސްޚަބަރު

މާދަމާ އަކީ މި ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި މި އަހަރުގެ ފިތުރު އީދަކީ އަންނަ ބުދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ކަނޑައަޅައިފި އެވެ.

މިކަން އިއުލާންކުރީ އިސްލާމިކް މިނިސްޓްރީގައި މިރޭ ބޭއްވި ހަނދު ސާބިތުކުރުމުގެ ރަސްމިއްޔާތުގަ އެވެ. 

 އެ ރަސްމިއްޔާތުގައި އިއްވި ހަނދާ ބެހޭ ބަޔާނުގައި ބުނީ އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލުމަހުގެ ހަނދު ފެނިފައިނުވުމާއި، ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ވެސް ހަނދު ފެނިފައި ނުވާތީ، މި އަހަރުގެ ރޯދަމަހުގެ އެންމެ ފަހު ދުވަހަށް ވާނީ މާދަމާ ކަމަށެވެ.

މި އަހަރުގެ ފިތުރު އީދަކީ 10ވާ ބުދަ ދުވަސް ކަމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...