ޔާސިރުގެ ތާއީދު ވިސާމަށް

އޭދަފުށި ޓައިމްސްޚަބަރު

އަމިއްލަގޮތުން އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ ޔާސިރު ހުސައިން (ޔާބެ) މި ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އަނެއް ކެންޑިޑޭޓްކަމަށްވާ އަބްދުﷲ ވިސާމަށް ތާއިރުކުރަން ނިންމައިފި އެވެ.

އެކަން ހާމަކުރައްވައި ޔާސިރު ހުސައިން ސޯޝަލް މީޑިއާގައި ވިދާޅުވީ، ވިސާމަށް ތާއީދު ކުރައްވަން ނިންމެވީ އޭދަފުށީ ދާއިރާއަށް މިފަހަރު އެންމެ އެކަށޭނެ ކެންޑިޑޭޓަކީ އަބްދުﷲ ވިސާމުކަމަށްވާތީ އެވެ.  

ޔާސިރު ވަނީ އޭނާއަށް ތާއީދުކުރި އޭދަފުށީ ދާއިރާގެ ހުރިހާ ރައްޔިތުން ވިސާމަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.

އޭދަފުށީ ދާއިރާއަށް މިފަހަރު ޖުމްލަ ފަސް ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އެއީ ޔާސިރު އާއި ވިސާމުގެ އިތުރުން ޕީޕީއެމް އިން ވާދަކުރައްވާ މިހާރުވެސް މިދާއިރާގެ މެންބަރު އަހްމަދު ސަލީމާއި އެމްޑިޕީން ވާދަކުރައްވާ އަބްދުލްހަމީދު  މުހައްމަދު (ހަމީދު) އަދި ޖުމްހޫރީ ޕާޓިން ވާދަކުރައްވާ މުހައްމަދު ނާސިރެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...