ދެ ދައުރަށް ފަހު އަލީ ހުސައިނަށް ކެންދޫ ދާއިރާގެ ގޮނޑި ގެއްލިއްޖެ

އޭދަފުށި ޓައިމްސްޚަބަރު

ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރުކަން ދެ ދައުރެއް ކުރެއްވި އަލީ ހުސައިނަށް އެ ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ.

ކެންދޫ ދާއިރާ އަށް ހަތަރު ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް މައުރޫފް ޒާކިރު (މަޓޭ) އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން މަޖިލީހުގައި ދެވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ޖޭޕީގެ ކެންޑިޑޭޓް އަލީ ހުސައިން އަށް ލިބިވަޑައިގަތީ ތިން ވަނަ އެވެ. މި ދާއިރާގެ ގޮނޑިއަށް މަޓޭ އާ އެންމެ ކައިރިން ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ރިޒާ އެވެ.

އަލީ ހުސައިން ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ފާއިތުވީ ދެ ދައުރު ވެސް މަޖިލީހުގައި ކެންދޫ ދާއިރާ ތަމްސީލް ކުރައްވައިފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...