ބޮޑު އީދު ފާހަގަކުރުމަށް ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

އޭދަފުށި ޓައިމްސްޚަބަރު
މިދިޔަ އަހަރުގެ ބޮޑުއީދު ފާހަގަކުރުމުގެ ގޮތުން ކަމަދޫގައި ކަމަދޫގައި ބޭއްވި ދަފިނެގުމުގެ ހަރަކާތެއްގެ ތެރެއިން

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީއާ ގުޅިގެން ބޮޑުއީދު ފާހަގަ ކުރަން ބޭނުންވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަަހަޅަން އެ މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

މިއަހަރުގެ އަޟްޙާ ޢީދު ރާއްޖޭގެ 3 ރަށެއްގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

އެގޮތުން މިހާރު ރަށްރަށައް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އަޟްޙާ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރާނެ ޚަރަދުތަކާއި، އަދި އަގެއް ނުނަގާ އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބަލައިގެންކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން އެ ވުޒާރާއާ ގުޅިގެން އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބޭނުންވާ ރަށްރަށުން އަންނަ މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެ ވުޒާރާއަށް ޕްރޮޕޯޒަލް އީމެއިލް ([email protected]) ކުރުމަށް ވަނީ އެދިފައެވެ.

މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...