ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް ފޯސީޒަނުން ކާމިޔާބުކޮށްފި

އޭދަފުށި ޓައިމްސްކުޅިވަރު

ރިވައިވަލް ސްޕޯޓްސް އިން ރިސޯޓްތަކަށް ހުޅުވާލައިގެން ބޭއްވި އެލް މޯބައިލް ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ފޯސީޒަންސް ރިސޯޓުން ހޯދައިފި އެވެ.  

ފައިނަލްގައި، އަނަންތަރާ ކިހަވައް މޯލްޑިވްސް މޯލްޑިވްސްގެ މައްޗަށް މިރޭ ފޯސީޒަންސް ރިސޯޓުން ކާމިޔާބު ހޯދީ 2-3 މެޗުންނެވެ.

އޭދަފުށީ ޔޫތު ސެންޓަރުގެ ބެޑްމިންޓަން ކޯޓްގައި ބޭއްވި މި މުބާރާތުގައި ހަ ރިސޯޓުން ވާދަކުރި އެވެ. އެއީ ފޯސީޒަންސް އާއި އަނަންތަރާގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓާއި އަމިއްލަފުށީ އަދި ސިޔާމް މޯލްޑިވްސް އެވެ.

ކޮންމެ ޓީމެއްގައި އަންހެން ފިރިހެން ކުޅުންތެރިން ހިމެނޭ ގޮތަށް ސިންގަލްސް އާއި ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްތައް ވެސް ކުޅެފައި ވެއެވެ.

ރިވައިވަލް އިން ވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ އަދި ރަނައަޕް ޓީމަށް 10،000 ރުފިޔާ ދީފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...