ދެލައްކަ ރުފިޔާ ލިބޭ ބޭންކް ފަންޑަށް ހުށަހެޅުމުގެ ފުރުސަތު ހަމަވަނީ

އޭދަފުށި ޓައިމްސްވިޔަފާރި

ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި ‘ބޭންކް ފަންޑް’ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ރޭ ހަމަވާނެ އެވެ.

ބޭންކް ފަންޑަށް މާލެ އާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށް ޕްރޮޕޯޒަލް ހުށަހެޅޭނެ އެވެ.

މި ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް، ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހޭނީ [email protected]  އީމެއިލް އެޑްރެހަށެވެ.

‘ބޭންކް ފަންޑް’ ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް [email protected]  އަށް ހުށަހަޅޭނެއެވެ.   

ކޮމެންޓްސް (0)

ލޯޑް ކުރަނީ...