ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމުދިނުމުގެ ޖަލްސާ މާދަމާ ރޭ

އޭދަފުށި ޓައިމްސްޚަބަރު

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު މާދަމާ ރޭ ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

އެ ސްކޫލުގެ ހޯލުގައި ބާއްވާ އެ ޖަލްސާގައި އިނާމުދޭނީ 2022-2023 ވަނަ އަހަރު އެކި ގޮތްގޮތުން ކާމިޔާބީ ހޯދި ދަރިވަރުންނަށެވެ.

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު  އެވެ.

އެ މަރުކަޒުން އާއްމު ކޮށްފައިވާ އިނާމުލިބޭ ދަރިވަރުންގެ ލިސްޓްގައިވާ ގޮތުން އިނާމު ދިނުމުގެ ޖަލްސާގައި 60 އަށްވުރެ ގިނަ ދަރިވަރުންނަށް އިނާމު ލިބެ އެވެ.

އޭގެ ތެރޭގައި 2022-2023 ވަނަ އަހަރުގެ އެންމެ މޮޅު އޯލެވެލް އަދި އޭލެވެލް ދަރިވަރުގެ އިތުރުން އޯލެވެލް އާއި އޭ ލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި ގްރޭޑް 9 ން މަތީގެ ކުލާސްތަކުން ތަފާތު ވަނަތަކަށް ހޮވުނު ކުދިން ހިމެނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...