އޭދަފުށި ފަރު ސާފުކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

އޭދަފުށި ޓައިމްސްޚަބަރު

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށި ފަރު ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތަކީ ރޯޔަލް އައިލެންޑް ރިސޯޓުން އިސްނަގައިގެން އޭދަފުށީ ކައުންސިލާއި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް ގުޅިގެން ހިންގި ހަރަކާތެކެވެ.

ފަރު ސާފުކުރަން ހިންގި މި ހަރަކާތުގައި 120 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އޭދަފުށީ ސަރުކާރު އޮފީސް/ކުންފުނިތަކުން މުވައްޒަފުން ބައިވެރިވި އެވެ.

އިއްޔެ ހަވީރު ހިންގި މި ހަރަކާތުގައި ސާފުކުރީ އޭދަފުށި އުތުރު ފަރާތު މޫދަށްއެރޭ ސަރަހައްދެވެ.

އެ ސަރަހައްދުން ގިނަ އަދަދެއްގެ ކުނި ވަނީ ނަގައިފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...