ދަރަވަންދޫގައި ޕިކްނިކަށް ހާއްސަ ސަރަހައްދެއް ހުޅުވައިފި

އޭދަފުށި ޓައިމްސްޚަބަރު
ދަރަވަންދޫގައި ތަރައްގީކުރި ޕިކްނިކް ބީޗް — ފޮޓޯ/ދަރަވަންދޫ ކައުންސިލް

ބ. ދަރަވަންދޫ ކައުންސިލުން އާއްމުން ޕިކްނިކް ދިއުމަށް ހާއްސަ ސަރަހައްދެއް ހަދައިފި އެވެ.

“ޕިކްނިކް ބީޗް”ގެ ގޮތުގައި ތަރައްގީކޮށްފައިވާ މިތަން ހުޅުވައިދެއްވީ  ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީހެވެ.

މި ބީޗަކީ ދަތުރުދާ ފަރާތްތަކަށް ހިތް ފަސޭހަ ތަނެއްގެ ގޮތުގައި ހެދުމަށް އެރަށު ކައުންސިލުން ވަނީ އެ ތަނުގައި ތަފާތު އެކި އެކި ވަސީލަތްތައް ގާއިމުކޮށްދީފައެވެ. 

ދަރަވަންދޫގައި ތަރައްގީކުރި ޕިކްނިކް ބީޗް — ފޮޓޯ/ދަރަވަންދޫ ކައުންސިލް

އެގޮތުން ދަތުރުދާ ފަރާތްތަކުން ބޭނުންކުރުމަށް ބަދިގެއާއި ފާޚާނާ ބަރިއެއްގެ އިތުރުން ނަމާދުކުރުމަށް ނަމާދުގެއެއްވެސް މި ސަރަހައްދުގައި ވަނީ ގާއިމުކޮށްފަ އެވެ.

މީގެ އިތުރުން ފުނަގަސްތައް ގިނަ އެ ސަރަހައްދުގައި ދަތުރުދާ ފަރާތްތަކުން އިށީނުމަށްޓަކައި އުނދޯލި އަދި ޖޯލިފަތިތައް ވެސް ވަނީ ބަހައްޓައިފަ އެވެ. އަދި ކުޑަ ކުދިން މޫދަށް އެރުމަށްޓަކައި ހާއްސަ ތަނެއްވެސް ހަދާފައިވެ އެވެ.

ދަރަވަންދޫގައި ތަރައްގީކުރި ޕިކްނިކް ބީޗުގައި ކުޑަކުދިން މޫދަށް އެރެން ހަދާފައިވާ ސަރަހައްދު — ފޮޓޯ/ދަރަވަންދޫ ކައުންސިލް

ދަރަވަންދޫ ކައުންސިލުން ބުނިގޮތުގައި ޕިކްނިކް ބީޗް ތަރައްގީކުރުމުގައި މައިގަނޑު ގޮތެއްގައި މަސައްކަތްކޮށްފައިވަނީ އެ ކައުންސިލުގެ މުވައްޒަފުންނެވެ. 

ޕިކްނިކް ބީޗް ބޭނުންކުރާ ފަރާތްތަކުން ތަނުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ދަރަވަންދޫ ކައުންސިލުން އެދެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...