ކަމަދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމާއި ބޭރު ތޮށި ލުމުގެ އިތުރުން ބަނދަރާ ގުޅޭ އެނޫން ވެސް ބައެއް މަސައްކަތް ހިމެނޭ މަޝްރޫއުގެ 93 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގައި ރިވެޓްމެންޓް ޕްރޮފައިލިންގ މަސައްކަތުގެ 81 ޕަސެންޓާއި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތުގެ 55 ޕަސެންޓްވަނީ ނިމިފަ އެވެ.

ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 25,500 ކިއުބިކް މީޓަރު ސަރަހައްދުގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 5,433 ކިއުބިކް މީޓަރު ބޮޑުމިނަށް މިހާރު ހުރި ހާބަރު ބޭސިން ފުންކުރުމާއި، 5,085 ކިއުބިކް މީޓަރު ބޮޑުމިނުގެ ނެރު ފުންކުރުން ހިމެނެ އެވެ. އަދި 658 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 173 މީޓަރުގެ ބޭރުތޮށި ލުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,810 އަކަ މީޓަރުގެ ބަނދަރު ޕޭވްކުރުމާއި، 2 ރޭމްޕެއް ހެދުމާއި، 80 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 51.44 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...