އޭދަފުށީ ކައުންސިލުން މާދަމާ ރޭ ރައްޔިތުންނާ ބައްދަލުކުރަނީ

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީ ކައުންސިލުން މާދަމާ ރޭ ރައްޔިތުންނާ ބައްދަލުކުރަން ނިންމައިފި އެވެ.

ކައުންސިލުން ބުނީ، ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލުތަކުން އަހަރަކު ދެފަހަރު ރައްޔިތުންނާ ބައްދަލުކުރުމަށް ލާޒިމުކުރެވިފައިވާ ބައްދަލުވުގެ ތެރެއިން ދެވަނަ ބައްދަލުވުން މާދަމާ ރޭ 9:00 ގައި މަލްޓިޕާޕަސް ހޯލްގައި އޮންނާނެ ކަމަށެވެ.

ކައުންސިލުން ބުނިގޮތުގައި މި ބައްދަލުވުމުގައި މިދިޔަ ހަ މަސްދުވަހުގެ ރިޕޯޓް ކައުންސިލުން ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލް ރައްޔިތުންނާ ހިއްސާ ކުރުމާއި ބަޖެޓް ރައްޔިތުންނާ ހިއްސާކޮށް ހިޔާލު ހޯދުން އޮންނާނެ އެވެ.

މި ބައްދަލުވުމުގައި ރަށުގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.

ނަމަވެސް ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ލާޒިމުކޮށްގެން ބާއްވާ މިފަދަ ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަކުރެވެ އެވެ. އެފަދަ ބައްދަލުވުންތަކަށް އަބަދުވެސް ހާޒިރު ވަނީ ނިސްބަތުން ރައްޔިތުންގެ ތެރެއިން ވަރަށް މަދު އަދަދެއްގެ ބައެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...