މާދަމާ ހަވީރު އޭދަފުށީގައި ވެހިކަލް ދުއްވުން މަނާ

އޭދަފުށި ޓައިމްސްޚަބަރު
ބ. އޭދަފުށީގަިއ ތާރުއެޅި މަގެއްގައި މީހަކު ސައިކަލުގައި ދިއްވާފައި އަންނަނީ. އީޓީ ފޮޓޯ/ ޝުހައިލާ

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހަވީރު އޭދަފުށީގައި ވެސް ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން އިއްޔެ އާއްމުކުރި އެންގުމެއްގައި ބުނީ، ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންވެ އެ ވަގުތު އޭދަފުށީގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ވާނެ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...