އޭދަފުށީ މަގުތަކުގައި ބަހައްޓާފައިހުރި ގިނަ އަދަދެއްގެ ތަކެތި ނަގައިފި

އޭދަފުށި ޓައިމްސްޚަބަރު
ގަވައިދާ ހިލާފަށް އޭދަފުށީ މަގުތަކުގައި ބަހައްޓާފައިހުރި ތަކެތި ކައުންސިލުން ނަގަނީ

ބ. އޭދަފުށީގައި އެކި މަގުތަކާއި ގޯޅި ތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ތަކެތި އޭދަފުށީ ކައުންސިލުން ނަގައި މަގުތައް ސާފުކޮށްފި އެވެ.

އޭދަފުށީ އެކި ސަރަހައްދުތަކާއި މަގުތަކުގައި އާއްމުންނަށް އުދަގޫވާގޮތަށް ތަކެތި ބަހައްޓާފައި ހުންނަ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެތަކެތި ނަގަން މީގެ ކުރިން ވެސް އެތައްފަހަރަކު ކައުންސިލުން ވަނީ އަންގައިފަ އެވެ.

ގަވައިދާ ހިލާފަށް އޭދަފުށީ މަގުތަކުގައި ބަހައްޓާފައިހުރި ތަކެތި ކައުންސިލުން ނަގަނީ

މަގުތަކުގައި މިގޮތަށް ގަވައިދާ ޚިލާފަށް ބަހައްޓާފައިހުރި ތަކެތި ނެގުމުގެ މަސައްކަތް، ކައުންސިލުން ފެށީ މިމަހު ކުރީކޮޅުއެވެ. އެގޮތުން މިހާތަނަށް ބޮޑު ސަރަހައްދަކުން ތަކެތި ނަގައި މަގުތައް ވަނީ ސާފުކޮށްފަ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިހާރު ތަކެތި ނަގައި ނިމިފައިވާ މަގުތަކުގައި އިތުރަށް ތަކެތި ބަހައްޓާނަމަ، ކައުންސިލުގެ ފަރާތުން ގޭ ބިސީތަކުން ކުނި ނަގަމުންގެންދާ އިރު، އިތުރު އެންގުމަކާ ނުލައި ތަކެތި ނަގާނެ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...