މާޅޮހު ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނށީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއެވެ. އަދި ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، އިބްރާހިމް އާމިރުއެވެ.

2.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 4,750 އަކަ މީޓަރުގެ ސަރަހައްދެއް ކޮމްޕެކްޓް ކުރުމާއި، 274 މީޓަރުގެ ކޮންކްރީޓް ކާނު އަޅައި، 23 ފެންހިންދާ ވަޅުގަނޑު ހެދުމާއި، 594 މީޓަރުގެ ގައު އެތުރުމުގެ މަސައްކަތް ހިމެނެއެވެ.

މާލޯހު ދަނޑުގެ ސަބްބޭސް ހަދަން އެމްޓީސީސީ އާ ހަވާލުކުރީ 90ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

775 މީހުންގެ އާބާދީއެއް އޮންނަ ބ. މާޅޮހުގައި ފުޓްބޯޅަ ދަނޑެއް ހެދިގެން ދިއުމުން ރަށުގެ ޒުވާނުންނަށް މުނިފޫހިފިލުވައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަހި ފުރުސަތެއް ލިބިގެންދާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...