އިނގިރޭސި މާއްދާއިން ދުނިޔޭގެ އެއްވަނަ އޭދަފުށި ކުއްޖަކަށް

ޚަބަރު
އޯލެވެލްގައި އައްޑޫ ހިތަދޫ ސްކޫލުން އިނގިރޭސިން، ދުނިޔެއިން ވަނަ ހޯދި އޭދަފުށީ އަޝްވިން މުހައްމަދު ޝަހީމް

އެންމެ ފަހުގެ އޯލެވެލް އިމްތިހާނުގައި އިނގިރޭސި މާއްދާއިން ދުނިޔޭގެ އެއްވަނަ ހޯދި ދަރިވަރުންގެ ތެރޭގައި އޭދަފުށީގެ ކުއްޖަކު ހިމެނިއްޖެ އެވެ.

އިނގިރޭސި މާއްދާއިން ދުނިޔޭގެ އެއްވަނަ ހޯދީ ބ. އޭދަފުށި މާވިނަ، އަޝްވިން މުހައްމަދު ޝަހީމް އެވެ. އަޝްވިން އޯލެވެލް ފުރިހަމަކުރީ އައްޑޫ ސިޓީ ހިތަދޫ ސްކޫލްގަ އެވެ.

ކުރިން، އޭދަފުށީގެ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް ކިޔެވި ދަރިވަރު ވަނީ އޯލެވެލް އިމްތިހާނުގެ 8 މާއްދާގެ ތެރެއިން 5 އޭ ސްޓާ އާއި 3 އޭ ހޯދައިފަ އެވެ. އޭގެތެރޭގައި އިނގިރޭސިން ހޯދި އޭ ސްޓާ ހިމެނެ އެވެ.

އަޝްވިން ވަނީ އޯލެވެލްގައި ރާއްޖޭން ހަތަރު ވަނަ ހޯދައިފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...