ބ. ތައުލީމީ މަރުކަޒުގައި ޑިނާ ނައިޓެއް ބާއްވަނީ

ޚަބަރު

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޑިނާ ނައިޓެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

“ޕީޓީއޭ ޖާފަތް 2025” ނަމުގައި މިމަހުގެ 15 ވަނަ ދުވަހުގެ ރޭ 8:30 ން 10:00 އަށް އޭދަފުށީގެ ކުރީގެ ފުޓްބޯޅަ ދަނޑުގައި ބާއްވާ ޑިނާ ނައިޓުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ދިވެހި ކެއުމުގެ ރަހަތައް ކަމަށް ޕީޓީއޭއިން ބުންޏެވެ.

އެ ސްކޫލުގެ ޕީޓީއޭ އިން ބުނި ގޮތުގައި އީސަގެ ލައިވް މިއުޒިކާއެކު ބާއްވާ މި ޑިނާ ނައިޓަކީ ޕީޓީއޭ އިން ހިންގާ ފަންޑް ރައިސް ކުރުމުގެ ޕްރޮގްރާމަށާއި ސްކޫލުގައި ހިންގޭ އެހެނިހެން ހަރަކާތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ސްކޫލާ ގުޅިގެން ބާއްވާ ޑިނާ ނައިޓެކެވެ.

ޑިނާ ނައިޓުގެ އާއްމުންނަށް ޓިކެޓެއް ވިއްކަނީ 195ރ.. އަށެވެ. ނަމަވެސް ސްކޫލް ދަރިވަރުންނަށް ޓިކެޓް ވިއްކަނީ 75ރ އަށެވެ.

އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ޑިނާ ނައިޓްގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ.


ޓިކެޓް ހޯދުމަށް ގުޅާނެ ނަންބަރު: 7932889

ކޮމެންޓްސް (0)

ލޯޑް ކުރަނީ...