އުމްރާއަށްދާ މީހުންގެ ޑޮލަރު ލިމިޓް އިތުރު ކޮށްދެނީ

ޚަބަރު

ކުރިއަށް އޮތް ރޯދަމަހު އުމްރާ އަށް ދާ މީހުންނަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބުން ލުއި ފަސޭހަ ކޮށްދިނުމަށް، އެ މީހުންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު ބޮޑުކޮށް ދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ހައްލެއް ހޯދައިދިނުމުގެ ގޮތުން މިކަން ހަމަޖެއްސެވުމަށް ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އަންގަވާފައިވާ ކަމަށެވެ.

މިއީ މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން ދެއްވާ ލިމިޓެކެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑުތަކަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓަކީ 250 ޑޮލަރެވެ. އެކަމަކު، ރައީސްގެ އެދިވަޑައިގަތުމަށް ބީއެމްއެލް އިން އެ ބަދަލު ގެނައުމުން ކޮންމެ އުމްރާވެރިއަކަށް 1،750 ޑޮލަރު ކާޑު ލިމިޓަށް ލިބޭނެ އެވެ.

ރަމަޟާން މަހަކީ ގިނަ އަދަދެއްގެ ދިވެހިން އުމްރާއަށް ފުރާ މޫސުމަކަށްވުމާއެކު، މި ނިންމެވުމަކީ އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ލިބިގެންދާނެ ލުޔެއް ކަމަށް ބެލެވެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...