އަޖުފާނު ހީރޯ އަކަށްވެ، އޭދަފުށި ޒޯން ތަށި ވެސް ހޯދައިފި

ކުޅިވަރު

މުހައްމަދު އަޖުފާން ހީރޯ އަކަށްވެ, އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ތަށި ވެސް ހޯދައިފި އެވެ.

މިރޭ ޒޯން 3 ގެ ފައިނަލުގައި ކާށިދޫ އާއި އޭދަފުށި ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އަޖްފާނު ތިން ޕެނަލްޓީ ކާމިޔާބު ކުރިއެވެ.

އަޖުފާން ކީޕަރަކަށް އެރީ އެއްވަނަ ކީޕަރު އަބްދުﷲ ނާސިހު އެންޖަރީވެ ބަދަލު ކީޕަރު އަހުމަދު އިރުފާނަށް ސީދާ ރަތްކާޑު ދެއްކުމުންނެވެ.

ފައިނަލު މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެސް އަޖުފާނެވެ.

ޒޯން ތިނެއްގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...