ހއ އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ބަގީ ހަދިޔާކޮށް، ސްކޫލްތަކަށް މާލީ އެހީ ދެނީ

ޚަބަރު
ހއ. އަތޮޅުގެ ރަށްތަކަށް ބަގީ އަދި ސްކޫލުތަކަށް މާލީ އެހީދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ/ތިލަދުން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އެ އަތޮޅުގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާކުރުމާއި، ސްކޫލްތަކުގައި ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ހއ. ދިއްދޫ ބަނދަރު ސަރަހައްދުގައި މިއަދު ހެނދުނު 9:30 ގައި ބޭއްވި ރަސްމިއްޔާތުގައި ބަގީ ހަވާލުކުރުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ރަށު ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ރަށު ކައުންސިލްތަކުގެ ރައީސުންނެވެ.

ސްކޫލްތަކުގެ ސްޓަޑީ ކޭމްޕް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައިވެސް އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް މޫސާ ޝަފީޤެވެ. އަދި ސްކޫލްތަކުގެ ފަރާތުން ސޮއިކުރެއްވީ ޕްރިންސިޕަލުންނެވެ.

ހއ. އަތޮޅުގެ ރަށްތަކަށް ބަގީ އަދި ސްކޫލުތަކަށް މާލީ އެހީދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ/ތިލަދުން

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ ޤާނޫނަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް ފަރިތަ ޤާނޫނެކެވެ. އަދި އެކަން ހާމަވަނީ ލާމަރުކަޒީ ޤާނޫނަށް އަހުލުވެރިވުމުގެ ސަބްއިންޑެކްސް އެވޯޑް ވިދިވިދިގެން ހަތަރު އަހަރު ހއ. އަތޮޅަށް ލިބިފައިވުމުންނެވެ.

އަތޮޅު ކައުންސިލުން ބުނީ ކޮންމެ ރަށަކަށް ބަގީއެއް ލިބުމާއެކު، ރަށްރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...