ކުޑަރިކިލު ބަނދަރު މޮނިޓާކުރަން ސީސީޓީވީ ހަރުކޮށްފި

ޚަބަރު

ބ. ކުޑަރިކިލު ކައުންސިލުން ރަށުގެ ބަނދަރު ސަރަޙައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކުޑަރިކިލު ކައުންސިލުން ބުނިގޮތުގައި 237،578.40 ރުފިޔާއަށް އޫރީދޫ މޯލްޑިވްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢަކީ ރައްކާތެރިކަމާއި އާންމު ސަލާމަތަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ.

މިއީ ކުޑަރިކިލު ކައުންސިލުން އަސާސީ ވަސީލަތްތަކާއި މުޖުތަމަޢުގެ ރައްކާތެރިކަމަށް ކުރެވުނު އެންމެ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ތެރެއިން އެއް އިންވެސްޓްމަންޓް ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ކުޑަރިކިލު ކައުންސިލުން ބުނީ ޒަމާނީ މި ސަވެއިލަންސް ނިޒާމުގެ މަޤްޞަދަކީ ރައްޔިތުންނާއި، ވިޔަފާރިތަކާއި، އަދި ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ރައްކާތެރިކަމާއި ސަލާމަތްތެރި މާޙައުލެއް ގާއިމުކޮށްދިނުމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...