ބ. އަތޮޅުގެ އެންމެ މޮޅު ދަރިވަރުންނަށް ލެޕްޓޮޕް ދެނީ

ޚަބަރު

ބ. އަތޮޅު ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން އޯލެވެލް އަދި އޭލެވެލްގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް މި އަހަރުވެސް ބ. އަތޮޅު ކައުންސިލުން ލެޕްޓޮޕް ދޭން ނިންމައިފިއެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ މިއީ 2025 ވަނަ އަހަރުގެ މާލީ އެހީގެ ތެރެއިން އަތޮޅުގެ ތައުލީމީ ދާއިރާއަށް ވެދޭ އެހީތަކުގެ ތެރެއިން އެއް އެހީ ކަމަށެވެ.

މިދިޔަ އަހަރުވެސް އަތޮޅު ކައުންސިލުން ވަނީ މި އަތޮޅު ސްކޫލްތަކުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ލެޕްޓޮޕް ދީފައެވެ.

އަތޮޅު ކައުންސިލުން ބުނި ގޮތުގައި ސްކޫލްތަކުގެ އިނާމު ދިނުމުގެ ޖަލްސާގައި، އޯލެވެލް އަދި އޭލެވެލްއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް މި ލެޕްޓޮޕްތައް ހަވާލުކުރާނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...