ބ. އަތޮޅުގެ ދެ މެޖިސްޓްރޭޓް ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަންކޮށްފި

ޚަބަރު
ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވި އަލްއުސްތާޛު ޖިނާން ޢަބްދުﷲ އަށް ފަތްކޮޅު އަރުވަނީ – ފޮޓޯ– ޖޭއެސްސީ

ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) ބ. އަތޮޅުގެ ދެ މެޖިސްޓްރޭޓް ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަންކޮށްފިއެވެ.

ޖޭއެސްސީން ބުނި ގޮތުގައި މި އަތޮޅުގެ ކެންދޫ އަދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓުން އައްޔަންކޮށް، މަޤާމުގެ ހުވައިކުރުވައި، މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެގޮތުން ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް އެރަށު ސައްކެޔޮގެ، އަލްއުސްތާޛު ޖިނާން ޢަބްދުﷲ އައްޔަންކޮށްފައިވާއިރު، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް އައްޔަންކޮށްފައިވަނީ ލ. މާވަށް، އެންދެރިމާގެ އަލްއުސްތާޛު އިސްމާޢިލް މާހިރު އެވެ.

މީގެ އިތުރުން ހއ. ބާރަށް، ކ. މާފުށި، ކ. ކާށިދޫ، ލ. މާވަށް އަދި ގދ. ގައްދޫ ކޯޓުގެ ފަނޑިޔާރުކަމަށް ވެސް އިއްޔެ ވަނީ މެޖިސްޓްރޭޓުން އައްޔަންކޮށް، އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...