ބީއެމްއެލުން ރޯދައަށް މާލޭގެ ބައެއް މިސްކިތްތަކުގައި ކުލަލުމުގެ ހަރަކާތެއް ބާއްވައިފި

ޚަބަރު

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ ހަތަރު މިސްކިތެއްގެ ވަށާފާރުގައި ކުލަލުމުގެ ހަރަކާތެއް ބީއެމްއެލް އިސްލާމިކުން ބާއްވައިފި އެވެ.

މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ ގޮތުން ހިންގި މި ހަރަކާތުގައި ބޭންކުގެ 100 އެއްހާ މުވައްޒަފުން ބައިވެރިވިއެވެ.

ބޭންކުން ކުލަލުމުގެ މަސައްކަތް ކުރީ މާލޭ ހުކުރު މިސްކިތާއި، ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި، މަސްޖިދުލް ސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) އަދި މަސްޖިދުލް ސުލްތާނުލް ޢާދިލުގައެވެ.

މި ފަދަ އިޖުތިމާއީ ހަރަކާތްތައް ބީއެމްއެލްގެ މުވައްޒަފުން ގަވާއިދުން ހިންގާ ކަމަށާއި، މިދިޔަ އަހަރުވެސް ވަނީ މާލޭގެ މިސްކިތްތަކުގައި ކުލަލުމާއި، މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ހިންގާފައި ކަމަށް އެ ބޭންކުން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...